އަމިއްލަ މައިންބަފައިން ނިޔާވި ގޮތަށްވުރެ މިހާރުވެސް
އަޅުގަނޑުމެންގެ ހަނދާނުގައި ބޮޑަށް ހުންނަނީ ކޮންމެވެސް މުދާގަނޑެއް ގެއްލުނު
ގޮތް ނުވަތަ މާޒީގައި އަޅާގަތް ކޮންމެވެސް އަންހެނަކު ބީވެގެން ދިޔަގޮތެވެ. އޭގެ
މާނައަކީ، ކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ނޭނގިތިބެ ނަމަވެސް އެންމެ ބޮޑު
އަހައްމިއްޔަތު ކަމެއްދެވެނީ މުދަލާއި އަންހެނުންނަށް ކަމެވެ. މުދަލަށް
ހިތްކިޔުމާއި އަންހެނުންނަށް ހިތްކިޔުމަކީ ދުނިޔަވީ ދެ ބައްޔެވެ. މުޅި
ދުނިޔޭގައިވެސް މި ދެ ބަލިން ނަޖާވެވެނީ މަދު މީހަކަށެވެ.
![]() |
| ރައީސް ނާސިރު |
އެހެންނަމަވެސް، ރައީސް
މައުމޫންގެ ތާއީދު ގެއްލިގެން ދިޔަ މައިގަނޑު އެއް ކަމަކީ އެ މަނިކުފާނު
ގަނޑުވަރުތެރޭގައި ބައެއް އަންހެން ވަޒީރުންނަށް ދެއްވެވި ޚާއްސަ
ސަމާލުކަންކަމުގައި ވެގެން ދިޔައެވެ.
ރައީސް މުޙައްމަދު އަމީން ގެ ވިޔާނުދާ ވާހަކަ
ދައްކަން ޤަސްތުކުރި ކޮންމެ މީހަކު އެ މަނިކުފާނުގެ ސަޙުސު ކަތިލުމަށް މިހާރުވެސް
އެންމެ ފުރަތަމަ ނަގާ އެއް ވާހަކައަކީ އެ މަނިކުފާނު އަންހެނުންނަށް ބެހެއްޓެވި ޝައުޤުގެ
ވާހަކައެވެ.
![]() |
| ރައީސް މައުމޫން |
ރައީސް ނާސިރު އާއި ބެހޭގޮތުން ރައީސް ނާސިރުގެ އަގުވައްޓާލުމަށް ރައީސް
މައުމޫން ނެރުއްވި 165 ލަވާގައި މައިގަނޑުގޮތެއްގައި ކިޔާ ވާހަކަތަކަކީ ރައީސް
ނާސިރު މުދަލާއި ފައިސާއަށް ދެވިހިފާފައިވާކަން އާންމުންނަށް ދެއްކުމަށް ކިޔާ
ވާހަކަތަކެވެ.
![]() |
| ރައީސް ނަޝީދު |
މުދަލާއި އަންހެނުންނާއި ގުޅޭގޮތުން ފެންމަތިވި މި
ބާވަތުގެ ވާހަކަތަކުގެ ސަބަބުން، ރައީސް އަމީން، ރައީސް ނާސިރު އަދި ރައީސް
މައުމޫންގެ ތާއީދު ވެސް އާންމުންގެ ތެރޭގައި ދަށަށް ދިޔަކަމީ ހަޤީޤަތެކެވެ. އަދި،
މި ދާއިރާއިން ވިސްނާއިރު އާންމުންގެ ތެރޭގައި ރައީސް ނަޝީދަށް އެދެވޭ ތަރުހީބެއް
އޮތެވެ.




No comments:
Post a Comment