މިއަދުގެ ކުޑަކުދިންގެ ދުޅަހެޔޮކަން، މާދަމާގެ ޒުވާނުންގެ އުފެއްދުންތެރިކަން
މިއަދަކީ އިއްޔެގެ ބަނޑުން ވިހާފައިވާދުވަހެކެވެ. އަދި މާދަމާ ވިހާނީ
މިއަދުގެ ބަނޑުންނެވެ. ހަމަ އެފަދައިން، މާދަމާގެ ޒުވާނުންގެ ކުޅަދާނަކަމާއި،
ހުނަރާއި، ސިއްޙަތާއި، އެމުނިއެކުލެވުމާއި އިޤުތިޞާދީ އުފެއްދުންތެރިކަން
ބިނާވެގެންދަނީ، މިއަދުގެ ކުޑަކުދިންގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް،
އެ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމުގެ މައްޗަށެވެ.
Labels:
ހިތަދޫ,
ކުނަހަންދޫ,
އިސްދޫ,
މާބައިދޫ,
މާވަށް,
މާމެންދޫ,
މުންޑޫ,
ފޮނަދޫ,
ދަނބިދޫ,
ގަން,
ގާދޫ,
ސިއްޙަތު
ކުޅިވަރާއިބެހޭ ވަޞީލަތްތައް ޤާއިމުކުރުމާއި ކުޅިވަރު މުބާރާތްތައް އިންތިޒާމުކުރުން
ޤައުމީ ތަރައްޤީގެ ކޮންމެ ދިމާލަކުން ބަލާލިކަމުގައިވިޔަސް، އެ ދިމާލަކުން ޤައުމުކުރިއެރުވުމުގައި ނުކުންނަންތިބި މީހުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ޚިދުމަތްކުރުމުގެ ލިޔާޤަތާއި ޤާބިލިއްޔަތުކަން ލިބިފައިވާ ޒުވާނުން ލ. އަތޮޅުގެ ހަމަ ކޮންމެ ރަށެއްގައިމެ އެބަތިއްބެވެ. އެހެންނަމަވެސް، ޒަމާނުއްސުރެ އެބައިމީހުން ވަނީ އެފަދަ ހުނަރުތައް ނެރެ ދެއްކުމުގެ އެންމެހާ ފުރުޞަތުތަކުން މަޙުރޫމްކުރެވިފައެވެ. ކަން މިހެން އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ލ. އަތޮޅު ވެފައިވަނީ ނިސްބަތުން ކުށްކުރުން ގިނަ އަތޮޅަކަށެވެ. އަދި އިޖުތިމާޢީ އަދާލަތުގެއްލި އިޖުތިމާޢީ ފޭރާން ވީދިފައިވާ، ބަލަދުވެރިޔެއް ނެތް އަތޮޅަކަށެވެ.
Subscribe to:
Posts (Atom)

