ދިވެހި މުޖުތަމަޢު މިއަދު އޮތް ހާލަތު ދެނެގަތުމާއި، މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރުން

ލ. ގަމުގެ އަންހެންވެރިން: އަނިޔާވެރިކަމާއި ދެކޮޅަށް މިއަދު އަޑުއުފުލަނީ
ދިވެހިރާއްޖެ މިއަދު މިސްރާބު ހިފާފައި މިވަނީ ކޮންދިމާލަކަށް ކަން މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދަކަށްވެސް ސާފުވާން އެބަޖެހެއެވެ. މިކަން ދަނެގަތުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެކަމަކު ނުކޮށް ދޫކޮށްލެވެން އޮތްކަމެއްވެސް ނޫނެވެ. އެހެންކަމުން، ދިރިތިބީންނަށް މިއަދު އޮތް ކަމަކީ، ލޯ މަރާލާފައިވެސް، މާޒީގައި ކަން ހިނގާދިޔައީ ކިހިނެތްކަން ވަޒަންކުރުމެވެ. 1932 ވަނަ އަހަރު އުފެދިގެން އައި ޤާނޫނު އަސާސީ ދިރެމުން ދައުރުވަމުން އައީ ކިހިނެތްކަމާއި، ވަކިވަކި ފަރުދުންގެ އެތެރެހައްޓަން ވެރިވެގެން އައީ ކޮން ޒާތެއްގެ ބަދަލެއްކަން ދެނެގަތުމެވެ. ރައީސް އަމީނު ހަވަރަށް ދެވުނު ގޮތާއި ރައީސް ނަޝީދު ހަވަރަށްދެވުނު ގޮތުގައި ހުރި ތަފާތު ދެނެގަތުމެވެ. ރައީސް ނާސިރު ވެރިކަމުން ދުރަށްޖެހުމުން ގުގުމާލި މަލާމާތުގެ ލަވަތަކާއި ރައީސް މައުމޫނުގެ ވެރިކަމަށްފަހު އޭނާއަށް ދެވުނު ރައްކާތެރިކަން ދެވިގެން އައީ ކިހިނެތްކަން ދެނެގަތުމެވެ. މިހުރިހާ ކަމަކާއި ގުޅިގެން މިއަދު ދިވެހިންނަށް އާދެވިފައިމިވަނީ ކިހާހިސާބަކަށްކަމާއި ދަތުރުގައި ބާކީ އޮތީ ކޮން މަންޒިލުތަކެއްކަން ވަޒަންކުރުމެވެ. އެއަށްފަހު އަމާޒަށް ހިނގަންފެށުމެވެ.


އިޖުތިމާޢީ ހަރަކާތުގައި މިހާރު އެންމެ ނުފޫޒުގަދަ ފަރާތަކީ ޕާރޓީތައް
އެހެންކަމަށްވުމާއެކު، އެންމެ ފުރަތަމަ އަވަސްވާންވީ މިއަދު ދިވެހިންގެ އިޖުތިމާޢީ ހާލަތު ހުރީ ކިހިނެތްކަން ދެނެގަތުމަށެވެ. މިކަމުގައި އެންމެ މުހިންމު ކަމަކީ، މިއަދު މުޖުތަމައުގެ ބަހާތަކުން އަމަލުކުރަމުންދާގޮތް ދެނެގަތުމާއި، މުޖުތަމަޢު ނަގަހައްޓައިދޭ އެކިއެކި މުއައްސަސާތަކުގެ ހަރަކާތްތައް ހުރިނެތްގޮތް ދެނެގަތުމާއި، މުޖުތަމަޢުގައި ހަމަޔާއި ލަމަ ހިފެހެއްޓިފައިވާގޮތް ދެނެގަތުމެވެ.

އެންމެ ފުރަތަމަ، ވަކިވަކި ފަރުދުންނަށް ބަލާލަމާތޯއެވެ. ފަރުދީގޮތުން ރައްޔިތުމީހާއަކީ މުޖުތަމަޢުއަށް ނުވިޔަސްވެސް، މުޖުތަމަޢުއެއް މި އުފެދެނީ ބައިވަރު ވަކިވަކި ފަރުދުންތަކެއްގެ މައްޗަށެވެ. އެހެންކަމުން، ފަރުދީ ހައިސިއްޔަތުން މީހާގެ އުޅުމާއި ގުޅުން ބައްޓަން ކުރާގޮތަކީ މުޅި މުޖުތަމަޢުގެ ހާލަތަށް އޭގެން އަސަރުކުރާނެކަމެކެވެ. ވަކިން ޚާއްސަގޮތެއްގައި އެމީހެއްގެ ފުށުން ކަންކަން ވާރުތަވާ ފަށުގައި އުޅޭބަޔަކަށް އެމީހާގެ ކިބައިން ކުރާ އަސަރު ބޮޑުވާނެއެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ވަށައިގެން އެނބުރެމުންދާ ހުރިހާ ފަރާތްތަކަށް އަންނަމުންދާ ބަދަލު ބަލާލުމުންވެސް، ވަކިވަކި ފަރުދުންގެ ފަރާތުން މުޅި މުޖުތަމަޢުއަށް ބަދަލު އަންނަ މިންވަރުގެ ދަލީލުދައްކައިދެއެވެ.

ރައީސް މައުމޫނުގެ އާއިލާ: ދިވެހި މުޖުތަމަޢުއަށް އަސަރުފޯރުވި
އިޖުތިމާއީ މިންގަނޑުން ބަލާއިރު، މުޖުތަމަޢުއެއްގެ އަސާސީ ގޭބިސީ ފެށިގެން އަންނަނީ އާއިލާއާއި ހިސާބުންނެވެ. ވަކިވަކި ފަރުދުންގެ ކަންކަން ހުންނަގޮތުގެ މައްޗަށް ބުއްދިކޮށް ހެދުމަށްވުރެ، މުޖުތަމަޢުގެ ހާލަތު އޮޅުންފިލުވުމަށް ހަމަ އެންމެ ފަސޭހަ މަގަކީ އަޅުގަނޑުމެންގެ އާއިލާތައް ބައްޓަންވެފައިވާގޮތާއި، އެބައިމީހުންގެ އެމުނިއެކުލެވުން ހުންނަ ގޮތާއި އާއިލާގެ އެތެރޭގެ ކަންކަން ރާވާ ހިންގުމުގައި ކަން ހިނގަމުންދާ ބީދައަކީ ކޮބައިކަން ވަޒަންކުރުމެވެ. ހަމައެހެންމެ، އިއްޔެއާއި ޖެހެންދެންވެސް އަޅުގަނޑުމެންގެ ތެރޭގައި އާއިލީގޮތުން ވާރުތަވަމުން އައި ސިފަތަކާއި، މުދާވެރިކަމާއި، ހުނަރުވެރިކަމާއި، ވެރިކަން އޮތްނެތްގޮތް ވަޒަންކުރުމެވެ.

އިމްރާން: ދީން ހަތިޔާރަކަށް ހެދި
މިކަމަށް އެދެވޭ އަދި ނޭދެވޭ އެތައް ބަދަލެއް އައިސްގެން މިދިޔައީ ދެހާހުގެ އަހަރުތަކުގައި ތިލަވެގެންއައި ޑިމޮކްރެޓިކް ވިސްނުމާއި، އޭގެ ސަބަބުން ޤާނޫނީގޮތުން މުޖުތަމަޢުއަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ވަކިން ޚާއްސަގޮތެއްގައި، އާ ޤާނޫނު އަސާސީއާއި ޕާރޓީ ސިސްޓަމްގެ ސަބަބުން، ދިވެހިންގެ އެމުނިއެކުލެވުމުގެ ވައްޓަފާޅިއަށާއި އިޖުތިމާއީ ހަމަޔާއި ލަމަޔަށް ނުހަނު ގިނަގުނަ ބަދަލުތައް އައިކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. މިއައި ބަދަލުތަކުގެ މައިގަނޑު ވާޞިތާއިންކަމުގައި ވެގެން ދިޔައީ، ބަސްމޮށުންތެރިކަމާއި، ދީނުގެ އިތުރަށް، އެކަކުއަނެކަކަށް ބަރޯސާވެފައިވާ މަސައްކަތުގެ ވައްޓަފާޅިއެވެ.

ކަން މިހެން އޮތުމާއިއެކު، މިއަދުގެ މުޖުތަމަޢުގައި ހަމަޔާއި ލަމަ ހިފަހައްޓާ، އިޖުތިމާޢީ ހަމަޖެހުން ޤާއިމު ކުރުމުގެ އެންމެ ނުފޫޒުގަދަ ފަރާތްތަކަކީ ސިޔާސީ ޕާރޓީތަކާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި މީޑިއާ ކަމުގައި ވާ ހިނދު، އެ ފަރާތްތަކުން ބަސްމޮށުންތެރިކަމާއި ދީނާއި މަސައްކަތުމާހައުލުގެ ނާޖާއިޒުފައިދާ ނަގާ މުޖުތަމަޢު ވީރާނާކުރުމުގެ ބަދަލުގައި އާރާސްތުކުރުމަށް މަސައްކަތްކުރުމީ ހަމަ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެކެވެ. 

No comments:

Post a Comment