ރައީސް މައުމޫނަށް ޤަދަރުކުރާ މީހުން ކޮންމެވެސް ވަރަކަށް އަދިވެސް އެބަ އުޅެތެވެ. ކީއްވެގެންތޯއެވެ؟ އެ މަނިކުފާނު ދެކެ ބިރުންނެވެ. އެ
މަނިކުފާނު އާންމުންނަށް ފެނިފައިވަނީ ޖައްވަށް ފަޒާއަށް ވެސް ބަޑިޖައްސަވާފާނެ
ބޭފުޅެއްގޮތުގައެވެ. އެމަނިކުފާނަށް މީހަކު ފާޑުކިޔައިފިނަމަ ކުޑަގޮޅިއަށް ވެސް
ލާފާނެކަމުގެ ބިރު އޮންނަނީ ފެތުރިފައެވެ. އެހެންކަމުން، ގަންނަ ބިރެއްގެ ސަބަބުން
ގިނަ ބަޔަކު އެމަނިކުފާނަށް ކުރާ ޤަދަރެއް އޮތެވެ.
އިންސާނުންނަކީ އޭގެ ޒާތުން ކެރަވަޅު ބައެކެވެ. އެ
މީހެއްގެ މަސައްކަތްތައް ބަލާނެ ފަރާތެއް ކައިރީގައި ނެތްނަމަ އެއްވެސް
އިހުސާންތެރިކަމެއް ދައްކާ ބައެއްނޫނެވެ. އަބަދުވެސް ކައިރީގައި ބަޑި ހިފައިގެން
ހުރެއްޖެނަމަ ނިކަން ފުރިހަމަކޮށް ކަންކުރާ ބައެކެވެ.
![]() |
| ރައީސް ނަޝީދަށް ލޯބިއޮތަސް، ބާރުގެ ބޭނުން ނުކުރެއްވުމުން ވެރިކަމުންވެއްޓުނު |
އަނެއްކޮޅުން ބަލާއިރު، ޚުދުމުހުތާރު ވެރިކަމެއް
ނިންމުމަށް ކަމުގައި ބުނެ، މާ ބޮޑަށް ސާދާވެ ހުންނަންވައިގެން ރައީސް ނަޝީދު
ހަރަކާތްތެރިވެލެއްވީ ރައްޔިތުންގެ ލޯބި ހޯދައިގެން ވެރިކަން ކުރެއްވުމަށެވެ.
ނަމަވެސް، ފެނިގެން ދިޔަ މަންޒަރަކީ ވެރިކަން ކުރައްވަސް ޤަސްތުކުރައްވާނަމަ،
ރައްޔިތުންގެ ލޯބި ހޯދުމުން އެކަނި ނުފުދޭކަމެވެ. ގަދަބާރުވެސް ދައްކަވަން
ޖެހިލައްވާކަމެވެ. ރައީސް ނަޝީދު ދެކެ ލޯބިވާ ބަޔަކު، އެ މަނިކުފާނަށްޓަކައި
ޖާނުން ފިދާވާން ތައްޔާރުވެގެން އުސްފަސް ގަނޑުގައި އަދި އަދަށް ދާންދެން
ތިއްބަސް، އެ މަނިކުފާނުގެ ވެރިކަން ވަނީ ބަދަލުވެފައެވެ. ކާމިޔާބު ހޯދާފައިވަނީ
ގަދަބާރުން ވެރިކަން ހިންގުމެވެ. ލޯތްބާއި އިޚުތިރާމް ވަނީ ނާކާމިޔާބުވެފައެވެ.
އެހެންކަމުން، ނާކާމިޔާބު ގެނެސްދޭ ކަމެއްގައި ހިފަންވީ ސަބަބެއް ނުވިސްނެއެވެ.

.jpg)
No comments:
Post a Comment