އިޖުތިމާއީ ތަރައްޤީ ހޯދުން


އިންސާނީ ބުއްދި މިދަނީ ތަރައްޤީވަމުން
އިންސާނުން މިދަނީ ތަރައްޤީ ވަމުންނެވެ. ތަހުޒީބު ވަމުންނެވެ. މިއީ، އޭގެ ޒާތުން ވަގުތާއި އެކުގައި ހިނގަމުން އަންނަ ކަމެކެވެ. ރުހުނަސް އަދި ނުރުހުނަސް މި ބަދަލު އެބައާދެއެވެ. ބޭނުން ވިޔަސްވެސް، އަދި ބޭނުން ނުވިޔަސްވެސް މި ބަދަލު އެބަ އާދެއެވެ. ރަނގަޅަކަށް ކަމުގައި ވިޔަސް، ނުވަތަ ނުބަޔަކަށް ހުށަހެޅެމުން ނަމަވެސް މި ބަދަލު އެބަ އާދެއެވެ. މުޖުތަމަޢުގެ ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް، އެކަން ފެންނަން އޮތީ އެހެނެވެ.

ދިވެހި ބަހަކީ އިޖުތިމާއީ ފޭރާން ބަދެހިކުރުމުގެ ވާޞިތާއެއް


ޤާސިމް: ބަސްމޮށުންތެރިކަމަށް ނުފަރިތަ
އިޖުތިމާއީ ފޭރާމުގެ ބަދެހިކަން ހިފެހެއްޓުން ނުވަތަ އެ ފޭރާން ބާވެހަސްނެތުމާއި ވީދުން ބިނާވެފައިވަނީ މައިގަނޑު ތިން ވާޞިތާއެއްގެ މައްޗަށެވެ. އެއީ، ވާހަކަދައްކާ ބަސް، އަޅުކަންކުރާ ދީން އަދި މަސައްކަތު މާހައުލެވެ.

އެންމެ ފުރަތަމަ ދިވެހިން ވާހަކަދައްކާ އުޅޭ ބަހަށް ބަލާލާއިރު، ބައެއް ހިސާބުތަކުގައި ބަހުރުވައިގެ ތަފާތެއް ހުއްޓަސްވެސް، އުސޫލެއްގެ ގޮތުން ހުރިހާ ދިވެހިންވެސް ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. މިއީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިތުރަށް އެއް ބައެއް ވަންތަކަން ދެމެހެއްޓުމަށް ދިވެހިންނަށް ލިބިފައިއޮތް ނަސީބެކެވެ. މި ނަސީބުގެ ޒަރީޢާއިން އަޅުގަނޑުމެން ކުރާ އެންމެ މުހިންމު މަސައްކަތަކީ މާޒީވި ކާބަފައިންގެ އަގުހުރި ތާރީޚާއި ސީރަތު މިއަދުގެ ޖީލަށް ނަޤުލުކޮށްދިނުމެވެ. މުވާސަލާތުކުރާނެ ބަހެއް ނެތި އެއްވެސް ބަޔަކަށް އަނެއްބަޔަކާއި އެއްގަލަކަށް ނޭރޭނެއެވެ. އެހެންކަމުން، ދިވެހި ބަސް ވެގެން ގޮސްފައިވަނީ ދިވެހިން އެމުނިއެކުލެވިގެން އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް މެދުވެރިވި ވާޞިތާއަކަށެވެ.

ދިވެހި މުޖުތަމަޢު މިއަދު އޮތް ހާލަތު ދެނެގަތުމާއި، މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރުން

ލ. ގަމުގެ އަންހެންވެރިން: އަނިޔާވެރިކަމާއި ދެކޮޅަށް މިއަދު އަޑުއުފުލަނީ
ދިވެހިރާއްޖެ މިއަދު މިސްރާބު ހިފާފައި މިވަނީ ކޮންދިމާލަކަށް ކަން މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދަކަށްވެސް ސާފުވާން އެބަޖެހެއެވެ. މިކަން ދަނެގަތުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެކަމަކު ނުކޮށް ދޫކޮށްލެވެން އޮތްކަމެއްވެސް ނޫނެވެ. އެހެންކަމުން، ދިރިތިބީންނަށް މިއަދު އޮތް ކަމަކީ، ލޯ މަރާލާފައިވެސް، މާޒީގައި ކަން ހިނގާދިޔައީ ކިހިނެތްކަން ވަޒަންކުރުމެވެ. 1932 ވަނަ އަހަރު އުފެދިގެން އައި ޤާނޫނު އަސާސީ ދިރެމުން ދައުރުވަމުން އައީ ކިހިނެތްކަމާއި، ވަކިވަކި ފަރުދުންގެ އެތެރެހައްޓަން ވެރިވެގެން އައީ ކޮން ޒާތެއްގެ ބަދަލެއްކަން ދެނެގަތުމެވެ. ރައީސް އަމީނު ހަވަރަށް ދެވުނު ގޮތާއި ރައީސް ނަޝީދު ހަވަރަށްދެވުނު ގޮތުގައި ހުރި ތަފާތު ދެނެގަތުމެވެ. ރައީސް ނާސިރު ވެރިކަމުން ދުރަށްޖެހުމުން ގުގުމާލި މަލާމާތުގެ ލަވަތަކާއި ރައީސް މައުމޫނުގެ ވެރިކަމަށްފަހު އޭނާއަށް ދެވުނު ރައްކާތެރިކަން ދެވިގެން އައީ ކިހިނެތްކަން ދެނެގަތުމެވެ. މިހުރިހާ ކަމަކާއި ގުޅިގެން މިއަދު ދިވެހިންނަށް އާދެވިފައިމިވަނީ ކިހާހިސާބަކަށްކަމާއި ދަތުރުގައި ބާކީ އޮތީ ކޮން މަންޒިލުތަކެއްކަން ވަޒަންކުރުމެވެ. އެއަށްފަހު އަމާޒަށް ހިނގަންފެށުމެވެ.

މީހުންގެ ލޯބި ހޯދުމުގެ ބަދަލުގައި މީހުން ބިރުގަންނަވާ ރައީސް

ރައީސް މައުމޫނު: ގަދަބާރުން ވެރިކަން ހިންގެވި
ރައީސް މައުމޫނަށް ޤަދަރުކުރާ މީހުން ކޮންމެވެސް ވަރަކަށް އަދިވެސް އެބަ އުޅެތެވެ. ކީއްވެގެންތޯއެވެ؟ އެ މަނިކުފާނު ދެކެ ބިރުންނެވެ. އެ މަނިކުފާނު އާންމުންނަށް ފެނިފައިވަނީ ޖައްވަށް ފަޒާއަށް ވެސް ބަޑިޖައްސަވާފާނެ ބޭފުޅެއްގޮތުގައެވެ. އެމަނިކުފާނަށް މީހަކު ފާޑުކިޔައިފިނަމަ ކުޑަގޮޅިއަށް ވެސް ލާފާނެކަމުގެ ބިރު އޮންނަނީ ފެތުރިފައެވެ. އެހެންކަމުން، ގަންނަ ބިރެއްގެ ސަބަބުން ގިނަ ބަޔަކު އެމަނިކުފާނަށް ކުރާ ޤަދަރެއް އޮތެވެ.

އިންސާނުންނަކީ އޭގެ ޒާތުން ކެރަވަޅު ބައެކެވެ. އެ މީހެއްގެ މަސައްކަތްތައް ބަލާނެ ފަރާތެއް ކައިރީގައި ނެތްނަމަ އެއްވެސް އިހުސާންތެރިކަމެއް ދައްކާ ބައެއްނޫނެވެ. އަބަދުވެސް ކައިރީގައި ބަޑި ހިފައިގެން ހުރެއްޖެނަމަ ނިކަން ފުރިހަމަކޮށް ކަންކުރާ ބައެކެވެ.

މުދަލާއި އަންހެނުންނަށް ހިތް ނުކިޔާ ރައީސް


ރައީސް އަމީން
އަމިއްލަ މައިންބަފައިން ނިޔާވި ގޮތަށްވުރެ މިހާރުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބޮޑަށް ހުންނަނީ ކޮންމެވެސް މުދާގަނޑެއް ގެއްލުނު ގޮތް ނުވަތަ މާޒީގައި އަޅާގަތް ކޮންމެވެސް އަންހެނަކު ބީވެގެން ދިޔަގޮތެވެ. އޭގެ މާނައަކީ، ކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ނޭނގިތިބެ ނަމަވެސް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއްދެވެނީ މުދަލާއި އަންހެނުންނަށް ކަމެވެ. މުދަލަށް ހިތްކިޔުމާއި އަންހެނުންނަށް ހިތްކިޔުމަކީ ދުނިޔަވީ ދެ ބައްޔެވެ. މުޅި ދުނިޔޭގައިވެސް މި ދެ ބަލިން ނަޖާވެވެނީ މަދު މީހަކަށެވެ.

އިތުބާރު ނުކުރާ ރައީސް


ދެ ފަރާތުގެ ތިއްބެވި ދެ ބޭފުޅުންވެސް ވީ ބޭވަފާ
ވެރިކަމަށް އައުމަކީ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގެ ތެދުވެރި އިޚުލާސްތެރި ނިޔަތުގައި ކުރާ ކަމެއްކަމުގައި ވިއެއްކަމަކު، އެ އިޚުލާސްތެރިކަން ދައްކައިގެން މި ރާއްޖޭގެ ވެރިކަމަށް އާދެވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން، ދިވެހިންގެ ރައީސް ވާންވާނީ، އިޚުލާސްތެރިކަމަކީ އަމިއްލަ ނަފުސަށް އޮތް އިޚުލާސްތެރިކަމެއްކަމުގައި ބާއްވާ މީހަކަށެވެ. އަނެކުންވެސް މި މޭރުމުން ވިސްނާނެކަމުގައި ބަލާ، އެހެން އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެއެވެ. ސަބަބަކީ، އިންސާނުންނަކީ އޭގެ ޒާތުން މަކަރުވެރި ބަޔަކަށްވާތީއެވެ. ގާތްމީހުނާއި ރައްޓެހިންނަކީ ތިމާ ރުއްސަން ވާހަކަދައްކާ ބަޔަކަށްވާތީއެވެ. 

މަކަރުވެރި ރައީސް


ދިވެހިން އެދެނީ މަކަރުވެރި ރައީސުންނަށް
އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މަކަރުވެރި ހިޔަޅެކެވެ. އަދި ހެޔޮވަރު ވަރަކަށް ނުބައިނުލަފާކަމާއި ބާރުވެރިކަން ދައްކާލަން ކެރޭ ސިންގާއެކެވެ. އެ މީހަކީ، ރައްޔިތުންނަށް އޮލުވާލަންކެރޭ ހުނަރުވެރިއެކެވެ. ދޮގުވެރިކަމާއި މަކަރުވެރިކަމާއި ޔަހޫދީކަމުގެ އަހުލުވެރިއެކެވެ. ވައުދުވެ، ވައުދު އުވާލުމަށް ކެރޭ މުޖުރިމެކެވެ. މިފަދަ ޖަރީމާތައް ހިންގުމުގައި ސާބިތުކަމާއި އިތުބާރާއިއެކު ކަންކުރަން ނުކުންނަ، އަދި ފިސާރި ދީނީ ކަމަށް ހެދިގެން އުޅޭ ބަހުލޫލެކެވެ. އެހެންމީހުން ދީންވެރިވުމަށް ގޮވާލުމަށް ފަހު، ތިމާ ހިތުހުރިގޮތަކަށް އުޅޭ މުނާފިޤެކެވެ.

ދިވެހިން އެދޭ ރައީސް

ތަޖުރިބާ ކުޅައުމުގެ ފަރާތުން ފެންނަން އޮތްގޮތުގައި "ހަޤީޤަތް" އެއީ އަޅުގަނޑުމެންނަށް ހިތި އެއްޗެކެވެ. އެހެންކަމުން، ހަޤީޤަތުގެ މައްޗަށް ބުރަވެ، އަޅުގަނޑުމެންގެ ލާބަޔާއި މަންފާއަށްޓަކައި ދިވެހި ދައުލަތުގެ ވެރިކަން ހިންގެވުމަކީ އެއްވެސް އިރެއްގައި އަޅުގަނޑުމެން ބަލައިގެންފައިވާކަމެއްނޫނެވެ. ތާރީޚުގައި މިނޫން ގޮތަކަށް އެއްވެސް ވާހަކައެއް އޮތްނަމަ އެއީ ތާރީޚު އޮޅުވާލާފައިއޮތް އޮތުމެކެވެ.

ދެކެވޭ ވާހަކާގައި ކިތެންމެ އޮމާންކޮށް ބަސްމަގު ހުއްޓަސްވެސް، އަޅުގަނޑުމެންގެ އަމަލުތައް ފެންނަންހުރީ އެހެނެއްނޫނެވެ. އިސްލާމީ ވަޙުދަތުގެ ވާހަކައިން އަޅުގަނޑުމެންގެ ލޭ ކެކިގެން ދިޔަޔަސްވެސް، އަޅުގަނޑުމެންނަކީ ދީންވެރިބައެއްވެސް ނޫނެވެ. ޤައުމިއްޔަތުގެ ވާހަކައިން އަޅުގަނޑުމެންގެ ޖަޒުބާތު ކެކި އެރިޔަސްވެސް އަޅުގަނޑުމެންނަކީ ޤައުމީވަންތަ ބައެއްވެސް ނޫނެވެ. ރޫޙާނިއްޔަތުގެ ވާހަކައިން އަޅުގަނޑުމެން މަޑުމައިތިރިކަން ހޯދިޔަސްވެސް އަޅުގަނޑުމެންނަކީ ރޫޙީގޮތުން ބަލާއިރު ހަމައެއް ލަމައެއް އޮތްބައެއްވެސް ނޫނެވެ. އަޅުގަނޑުމެންނަކީ މަކަރުވެރިކަމުގެ ޝިކާރައަކަށްވެފައިވާ ބަލިކަށި ބައެކެވެ. އަޅުގަނޑުމެންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ ނާތަހުޒީބު ބައެކެވެ. އަޅުގަނޑުމެންނަކީ އިޚުލާސްތެރިކަމާއި އިހުސާންތެރިކަން ގެއްލިފައިވާ ޖާހިލު ބައެކެވެ.

ޕްރައިމަރީއަކާ ނުލާ، މިހާރުގެ މެންބަރުންނަށް ޖާގަ ކަށަވަރުކުރުން

ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިހާބުގައި ޕާރޓީތަކުގެ މެދުގައި ގޮނޑިތައް ބެހިގެން ދިޔަގޮތް








ތަޣައްޔަރުނުވާ އަޣުލަބިއްޔަތަކުން ހިންގާ ޠާހިރުވެރިކަމަށް ކިޔަނީ ޕޮލިޓީ އެވެ. ޑިމޮކްރެސީއަކީ ތަޣައްޔަރުވެފައިވާ އަޣުލަބިއްޔަތަކުން މުޅި އާބާދީގެ މައްޗަށް ވެރިކަން ހިންގާ ނިޒާމަކަށް ކިޔާނަމެކެވެ. އެއީ މުޅިއަކުން ޠާހިރުވެރިކަމެއް ނޫނެވެ. އެހެނަސް، ނިސްބަތުން ނުޠާހިރުމީހުން ގިނަ މިއަދުގެ މާހައުލަށް މި ނިޒާމަކީ ހެޔޮވަރުވަރަކަށް ކަމުދާ ނިޒާމެކެވެ.


ރީކޯ މޫސަ: ޕްރައިމަރީއާނުލާ ޖާގަ ކަށަވަރުކުރައްވާނެކަމަށް ވިދާޅުވި
އިންސާނުންނަކީ އޭގެ ޒާތުން އަމިއްލަ އެދުންބޮޑު ބައެއް ކަމުން، ޑިމޮކްރެސީގެ ނަމުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ ބާރާއި ނުފޫޒުން ހޯދާ އަޣުލަބިއްޔަތެއްގެ ތެރެއިން މުޅި އާބާދީގެ މައްޗަށް އަމިއްލަ އެދުމުގެ ސިޔާސީ ހުނަރުތައް ތަންފީޒުކުރުމަކީ މަދެއްކޮށް ފެންނަ މަންޒަރެއްނޫނެވެ. މިޒާތުގެ ކަމަކަށް އެންމެފަހުން ފެނިގެން ދިޔައީ މިހާރު ރައްޔިތުންގެ މަޖުލީހުގައި އެމް.ޑީ.ޕީ ތަމްސީލުކުރެއްވުމަށް ތިއްބެވި މެންބަރުންނަށް، އެ މެންބަރުން ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ކުރިޔަށް އޮތް މަޖުލިސް އިންތިހާބުގައި ޕްރައިމަރީއެއްނެތި އޮޓަމެޓިކުން ޖާގަ ކަށަވަރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމް.ޑީ.ޕީ ގެ ޗެއާރޕާރސަން ރީކޯ މޫސާ މަނިކު އިއުލާނުކުރެއްވި މަންޒަރެވެ.

ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން ޖެހޭ

ހައްދުންމަތީގެ ދަތުރުފަތުރުގެ ނިޒާމު: ހަރުދަނާކުރަންޖެހޭ ކަންކަން އިންތިހާއަށް އެބަހުރި
ތަރައްޤީއަކީ ބުރައެއް އުފުލައިގެން ވާކަމެކެވެ. އަޅުގަނޑުމެން، އާންމު މާހައުލުތަކުގައި ވާހަކަދައްކާއިރު، ދިވެހިރާއްޖެއާއި ސިންގަޕޫރު އެއް ދުވަސްވަރެއްގައި މިނިވަންވިޔަސްވެސް ތަރައްޤީގެ ދުވެލީގައި ސިންގަޕޫރު އެތައްގުނައެއް ކުރިޔަށްޖެހި، މުޅި ދުނިޔޭން ވިދާލި އިރު ދިވެހިރާއްޖެއަށް އެ ތަރައްޤީ ނައީ ކީއްވެގެންތޯ ސުވާލު އުފައްދަމުއެވެ. އެކަމަކު، ސިންގަޕޫރުގެ ރައްޔިތުން ވީފަދަ ޤުރުބާނީއެއް އަޅުގަނޑުމެންވެސް ޤައުމަށްޓަކައި ވީމުތޯ އެކަކުވެސް ސުވާލެއް ނުކުރަމުއެވެ.