![]() |
| ދެ ފަރާތުގެ ތިއްބެވި ދެ ބޭފުޅުންވެސް ވީ ބޭވަފާ |
ވެރިކަމަށް އައުމަކީ، ރައްޔިތުންގެ ބޭނުންތައް
ފުއްދައިދިނުމުގެ ތެދުވެރި އިޚުލާސްތެރި ނިޔަތުގައި ކުރާ ކަމެއްކަމުގައި
ވިއެއްކަމަކު، އެ އިޚުލާސްތެރިކަން ދައްކައިގެން މި ރާއްޖޭގެ ވެރިކަމަށް
އާދެވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން، ދިވެހިންގެ ރައީސް ވާންވާނީ، އިޚުލާސްތެރިކަމަކީ
އަމިއްލަ ނަފުސަށް އޮތް އިޚުލާސްތެރިކަމެއްކަމުގައި ބާއްވާ މީހަކަށެވެ. އަނެކުންވެސް
މި މޭރުމުން ވިސްނާނެކަމުގައި ބަލާ، އެހެން އެއްވެސް މީހަކަށް އިތުބާރު ކޮށްގެން
ނުވާނެއެވެ. ސަބަބަކީ، އިންސާނުންނަކީ އޭގެ ޒާތުން މަކަރުވެރި ބަޔަކަށްވާތީއެވެ.
ގާތްމީހުނާއި ރައްޓެހިންނަކީ ތިމާ ރުއްސަން ވާހަކަދައްކާ ބަޔަކަށްވާތީއެވެ.
![]() |
| ޑިފެންސް މިނިސްޓަރަށް އިތުބާރުކުރެއްވުމުގެ ޚަރަދަކީ ވެރިކަން ފުރޮޅުން |
ދާދި ފަހުން އޮތް ޕީ.ޕީ.އެމް ގެ ކޮންގްރެސްގައި ރައީސް
މައުމޫން ވިދާޅުވީ 2008 ގެ އިންތިޙާބުގެ ދުވަސްވަރު ރަށްރަށުން ތިމަން
މަނިކުފާނަށް ފޯނުކުރެއްވުމަށްފަހު ބައެއް ބޭބޭފުޅުން ވިދާޅުވިޔޭ 70 އިންސައްތަ
ނުވަތަ 80 އިންސައްތަ ލިބޭނެކަމަށް، އެހެނަސް ނަތީޖާ ނުކުތީ 30 އިންސައްތަ ނުވަތަ
40 އިންސައްތަ ކަމުގައެވެ. އެހެންކަމުން، މީހުނަށް އިތުބާރު ކުރުމުން ރައީސް
މައުމޫނަށް ލިބުނު އަނިޔާއަކީ 30 އަހަރުގެ މޫތައް މި ރާއްޖޭގެ އެތަންމިތަނަށް ވަކިތައް
ހިއްޕާލާފަ ހުއްޓާވެސް، ވޯޓުފޮށީގައި ބަނޑުނާޅާ އެންމެ އިންތިހާބެއް
ބޭއްވުމާއިއެކު އިހުގައި ލިބުނު 95 އިންސައްތަ ނުލިބުނުތަނުގައި، ހީވެސް
ނުކުރާކަހަލަ ގޮތަކަށް އިންތިހާބުން ފޭލިވެ ވެރިކަމުން އަތް ދޮވެލަން ޖެހުމެވެ.
ހަމަ އެހެންމެ، ރައީސް ނަޝީދުގެ ވެރިކަން ގަދަބާރުން
ފުރޮޅާލެވުނު އިރު އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު
ކަލޭފާނަށް އެ މަނިކުފާނު ކުރެއްވި އިތުބާރުގެ ނަތީޖާއަކީ ސިފައިންގެ ބައެއް
ފަރާތްތަކުގެ ސާމިލުވުން އޮތުމާއިއެކު، އެ މަނިކުފާނުގެ ވެރިކަން ގަދަބާރުން
ފުރޮޅާލި ފުރޮޅާލުމެވެ.
ކަން މިހެން އޮތުމާއިއެކު، ދިވެހިންގެ ރައީސް ވާން ވާނީ،
ހަމްދުޘަނާ ކިޔާ މީހުންނާއިމެދު ނުހަނު ފާރަވެރިވާ މީހަކަށެވެ. އެ މީހަކަށް
އެއްވެސް މީހެއްގެ ފުށުން ކެއްސެއް ލިބިފައިވާނަމަ، އެއަށްވުރެ ބޮޑު ކެއްސެއް
ދީގެން ބަދަލުހިފުމުގެ އުފާ ލިބިގަންނަ މީހަކަށެވެ.
.jpg)
.jpg)
No comments:
Post a Comment