އުމަރު ނަސީރުގެ ކާރުން ބަނގުރާ ފެނުން: އެކަމަކު، ކީއްވެ؟

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. ދިވެހި ރައްޔިތަކަށް ވެވެނީ ހަމައެކަނި އިސްލާމުންނަށެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ އަސްލަކީ އިސްލާމީ ޝަރީޢާއެވެ. އިސްލާމްދީނާއި އިސްލާމީ ޝަރީޢާއާ ޚިލާފު އެއްވެސް ޤާނޫނެއް ނުވަތަ ޤަވައިދެއް ހަދާފިނަމަ އެ އެއްޗަކީ ފުރަތަމަ ވަގުތުން ފެށިގެންވެސް ބާތިލު އެއްޗެކެވެ. އަދި، ދިވެހި ރާއްޖޭގައި އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެހެންނަމަވެސް، ރިޒޯރޓްތައް ހިންގުމަށްޓަކައިކަމަށްބުނެ ދިވެހި ރާއްޖެއަށް ބަނގުރަލާއި އެނޫންވެސް ބާވަތްތައް އެތެރެކޮށް ހަދައެވެ. އެތަކެތީގެ ވިޔަފާރިކޮށް ހަދައެވެ. ހަމަ ހާމަކޮށެވެ. އެހެންނަމަވެސް، ވިޔަފާރިވެރިން ކުރާ ކަމެއްވީމާ، އެއީ އިސްލާމްދީނާ ފުށޫއަރާ ކަމަކަށް ނުވެއެވެ. އިސްލާމްދީނަކީ ވިޔަފާރިވެރިންނާއި އަދާލަތު ޕާރޓީގެ މިލްކަކީ ތޯއްޗެކެވެ.

ޖެއްސުން ކުރީ ރައީސް ނަޝީދަށް، އެކަމަކު އޭގެ ގެއްލުން ފޯރީ ދިވެހި ރައްޔިތުންނަށް



އަދާވާތްތެރިކަމުގައި ހައްދުފަހަނަޅާދިއުމަކީ ހަމަ އެއްވެސް ކަމަކަށް އޮތް ހައްލެއްނޫނެވެ. ރައީސް ނަޝީދުދެކެ ކިތެންމެ ނަފުރަތު ކުރިޔަސް، އެ މަނިކުފާނު މި ރާއްޖޭގެ ޑިމޮކްރެސީއަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސީނާ ޒާހިރަށްވެސް އަދި އެނޫން ރައްޔިތަކަށްވެސް ދެކޮޅު ހެދެންނެތް ހަޤީޤަތެކެވެ. 13 މާރޗް 2013 ވީ ބުދަ ދުވަހު ސީނާ ޒާހިރު ދުވަހު ނޫސް ހަވީރަށް ދިން އިންޓަވިއުއިންވެސް އެކަން ސާފުވެއެވެ.

މިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ރައީސް ނަޝީދަށް ވެރިކަން ލިބިލެއްވި ފަހުން، އާ ޤާނޫނު އަސާސީގެ މޯހިރުގައި އެ މަނިކުފާނު ކަންކަން ރަނގަޅަށް ގެންދަވާނެކަމުގައި ހީކުރެވުނަސް އެކަން ދިޔައީ އެހެންނޫނަކަމަށް ސީނާ ޒާހިރު ބުނުއްވައެވެ. އެހެނަސް، އެކަން އެމޭރުމުން ދިޔައީ ވަކި ކުރެވިފައިވާ ތިންބާރު އެއް ބާރު އަނެއްބާރުގެ މައްޗަށް ގަދަބަދެވިކަން ދައްކަން އުޅުމުން ކަމުގައިވެސް ހަމަ އެ ނޭވާގައި ބުނުއްވައެވެ.

ޤާނޫނީ ވާޖިބު އަދާކުރުމުގައި ވަހީދު ވަނީ އިހުމާލުވެފައި


ރާއްޖޭގެ މިނިވަން ނޫސްވެރިންނަކީ މުޅިއަކުން މިނިވަން ނޫސްވެރިންނެއް ނޭނެވެ. މައިގަނޑު އޮންލައިން ނޫސްތައް ކަމުގައިވާ ހަވީރު ނޫހާއި ސަން ނޫހަށް ބަލާލިޔަސް އެކަން އޮތީ އެހެންނެވެ. ފެންނަނީ ހަމަ ދިޓީވީންނާއި ވީޓީވީން އަދި ރާއްޖެ ޓީވީންވެސް ފެންނަމުންދާ މަންޒަރެވެ. ތަފާތަކީ އެކަން ޤަބޫލުކުރުމާއި ނުކުރުމުގައި އުޅޭ ތަފާތެކެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރިއެކޭވެސް އެއްފަދައިން ވަހީދު ވަޑައިގެންނެވީ ޤާނޫނީ ވާޖިބު އަދާކުރުމަށްކަމުގައި ޓްވީޓްކުރައްވަމުންނެވެ. އަދި، ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް، މަލާމާތުގެ ހިނިތުންވުމަކާއިއެކު، ހަތަރު ފަސް ފަޅިއަކަށް ބަހައިގެން ކޮށިގޮތަކަށް ބަޔާން އިއްވަވާނިމުމުން، ސަން ނޫހުގެ ލިޔުންތެރިޔާ މަރިޔަމް ރާނިޔާ އަވަސްވެގަތީ "ޤާނޫނީ ވާޖިބު އަދާކުރުމުގައި ވަހީދު ތަންފުކެއްވެސް ދޫނުކުރެއްވި!" ކިޔާ އާރޓިކަލްއެއް ޖެހުމަށެވެ.

ޓެކްސް ނެގުމަކީވެސް، ޓެކްސް ދެއްކުމަކީވެސް މިއަދު ކުރަންޖެހޭ ކަމެއް


ފިރިހެނާ ފިރިހެނަކަށް ވީތީ ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އަންހެނާ އަންހެނަކަށް ވީތީ ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިކަންތައްތައް ފަރުޖެއްސެނީ ޚަރަދުތަކެއް ކޮށްގެންނެވެ. ގިނަފަހަރު އަމިއްލަ ޖީބުންނެވެ. ބައެއް ފަހަރު އެކިއެކި ފަރާތްތަކުގެ އެހީގައެވެ. ބައެއްފަހަރު ދައުލަތުންނެވެ.

އަމިއްލަ ފަރުދަކު ކުރިޔަސް ނުކުރިޔަސް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދައުލަތުން އެ ޚަރަދެއް ކުރުން ދައުލަތުގެ މައްޗަށް ލާޒިމު ބައެއް ޚަރަދުތައް އެބަހުރެއެވެ. މިރާއްޖޭގެ މަސްރަޙަށް ބަލާއިރު ރައްރަށުގެ ބަނދަރު ހެދުމާއި، މަގުބައްތި ދިއްލުން ފަދަ އާންމު ހޭދަކުރުން އޭގެ ތެރޭގައި ހިމެނެއެވެ. ތައުލީމާއި ސިއްހީ ހިދުމަތްފަދަ ބައެއް ޚިދުމަތްތަކަކީ ވިޔަފާރި އުސޫލުން މުޅި ރާއްޖޭގައި ފޯރުކޮށްދެވޭނެކަމަކަށް ނުވާތީ، އެފަދަ ޚިދުމަތްތަކަށްވެސް ދައުލަތުން ހޭދަކުރަން ޖެހެއެވެ.

ގުއި ކޯޓް

ދިވެހިންނަކީ ތާސްބައިގެ ކުޅިވަރުތަކަށް އާ ބައެއްނޫނެވެ. ބައެއްގައި ދެކުޅުންތެރިން ހިމެނޭގޮތަށް އެކުޖުމްލަ ހަތަރު ކުޅުންތެރިން ތިބެގެން، ބަޔަށް، ތާސްކުޅުމަކީ ދިވެހިން އާންމުކޮށް ކުރާކަމެކެވެ. ބަރަކާތްތެރި ރަމަޞާންމަހަށް މިކަން ބޮޑުވެއެވެ. އަޅުކަމުގެ މަސްވަރަކަށްވުރެ ބޮޑަށް ކުޅިވަރާއި މަޖަލުގެ މަސްވަރެއްގެ ގޮތުގައި އެ މަސް ފާހަގަވެގެން ދިޔައީ ނުވަދިހައިގެ އަހަރުތަކުގައި ދައުލަތުގެ ޓީވީން އެކަން އެމޭރުމުން ބައްޓަންކުރީތީ ކަމުގައިވެސް ވެދާނެއެވެ. މާލޭގައި ގުރޫޕްތަކަށް އައިޑެންޓިޓީ ދިނުމާއި ގުރޫޕްތަކާއި ގޭންގްތަކަށް ފަހިކޮށް އެދުވަސްވަރު ސަރުކާރުން އެތައްކަމެއް ރާވާ ހިންގިފަދައިންނެވެ.