ދިވެހި ދައުލަތާއި ދައުލަތުގެ އެއްމެހާބާރުތަކާއި ދައުލަތުގެ މާލިއްޔަތުގެ މިލްކުވެރިފަރާތަކީ ދިވެހި ރައްޔިތުންކަން ޤާނޫނު އަސާސީ އިން ކަށަވަރުކޮއްދިނުމަށްފަހު، 2008 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރެއްވުމަށްފަހު، ފުރަތަމަ އުފެދުނު ޤާނޫނީ ވެރިކަމާ މުޙައްމަދު ނަޝީދު ހަވާލުވެލެއްވީ ގިނަގުނަ ވައުދުތަކަކާއެކުގައެވެ.

ވެރިކަމުގެ ގިނަ ވައުދުތަކެއް ފުއްދި، ދައުރުގެ މެދަށް އައިތަނާ، ލާދީނީ ސަރުކާރު އައިސް އެހެނިހެން ދީންތަން ފަތުރަން އުޅޭކަމަށްބުނެ، ޖަންގަލީގެ ޤާނޫނު ރާއްޖޭގައި ހިންގާކަމަށްބުނެ، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރާއި ޤާނޫން ހަދާ ބާރުގެ ތެރެޔަށް އަތްބާނާ ކަމަށްބުނެ، ޓެކްސް ގެ ނަމުގައި ރައްޔިތުންނަށް ލިބޭ އާމްދަނީ ޖަހައިގަންނަނީ ކަމަށްބުނެ އެއިރުގެ އިދިކޮޅުފަރާށްތަކުން މަގުމައްޗައްނިކުތެވެ.
23 ޑިސެމްބަރ އިއްތިހާދޭ ކިޔާ އިއްތިހާދެއް އުފެއްދުމަށްފަހު މަގުމައްޗަށްނިކުމެ، އާއްމު ރައްޔިތުންގެ ގޭގެ އަށް ގެއްލުންދިނުމާއި ސަރުކާރުގެ މުއައްސަސާތަކަށް ހަރުގަނޑު ބަހައްޓައިގެން އެރުމަށާއި، މުއައްސަސާތައް ހިފުމަށް ފާޅުގައި ގޯވާލުމައްފަހު ޤާނޫން އަސާސީ އާއި ޤާނޫން އަސާސީ އިން ބާރުލިބިދީގެން ހަދާފައިވާ ޤާނޫން ތަކުގެ ބޭރުން، އެއިރުގަ ހުންނެވި ނައިބު ރައީސާއި ސަލާމަތީ ބާރުތަކުން ބައިއަތު ހިއްޕެވުމައްފަހު ޤާނޫނީ ވެރިކަން ޤާނޫނީ އިމުގެ ބޭރުން ވައްޓާލިއެވެ.
ރައްޔިތުންގެ ވެރިކަން ރައްޔިތުން އަތުން ގަދަބާރުން ނިގުޅައި ގަތުމަށްފަހު ފެނިގެން ދިޔައީ ދީން ހިމާޔަތް ކުރަން އައި ސަރުކާރުން، ބޭރުގެ ފާދިރީންތައް ރާއްޖެ ގެނެސް ފަރީއްކޮޅު ދެއްވި މަންޒަރެވެ. އިޒްރޭލްގެ މަތިންދާ ބޯޓްތައްވެސް އެއްމެފަހުން ޖެއްސުނީއެވެ. ރައްޔިތުން އަތުން ނަގަމުން އައި ޓެކްސް ނުނެގުމަށް ގޮވާލުމަށްފަހު ފެނިގެން ދިއައީ މި ސަރުކާރު އައިސް ޓެކްސް ޑަބަލްވި މަންޒަރެވެ.
ޖަންގަލީގެ ޤާނޫން ނަޝީދު ގެ ސަރުކާރުގައި ހިންގި ކަމައް ބުނާއިރު މި ސަރުކާރުން ޤާނޫނީ އިމުގެ ތެރެއިން ހިންގީ ކޮން ކަމެއްތޯ އޭ ސުވާލު އުފެދެއެވެ. ބަޣާވާތުގެ މި ދައުރުގައި ޖަންގަލީގެ ޤާނޫނު ހިންގައިގެން އެތަކެއް ދިވެހިދަރިންނެއްވަނީ މި ދުނިޔެ އާ އަލްވަދާއު ކިޔާފައެވެ. ޤާނޫން ހެދުމުގެ ބާރާއި އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރެއަށް އަތްބާނާ ކަމައްބުނާ އިރު ވެރިކަމާ ހަވާލުވިތާ 100 ދުވަސް ވެސް ނުވަނީސް ފެނިގެންދިޔައީ 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ނިމުނުއިރުގަ ކޯޓުތަކުގައި އޮތް އާއިލީ ބޭބޭފުޅުންގެ މައްސަލަތައް ނިމިގެން ދިޔަ މަންޒަރެވެ. ކަން މިހެން އޮތުމާއި އެކު ލާދީނީ ސަރުކާރަކީ ކޮބައިކަން މިހާރު މިވަނީ އޮޅިފައެވެ.

.jpg)

No comments:
Post a Comment