![]() |
| ދިވެހިން އެދެނީ މަކަރުވެރި ރައީސުންނަށް |
އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ރާއްޖޭގެ ރައްޔިތުން
ބޭނުންވަނީ މަކަރުވެރި ހިޔަޅެކެވެ. އަދި ހެޔޮވަރު ވަރަކަށް ނުބައިނުލަފާކަމާއި
ބާރުވެރިކަން ދައްކާލަން ކެރޭ ސިންގާއެކެވެ. އެ މީހަކީ، ރައްޔިތުންނަށް
އޮލުވާލަންކެރޭ ހުނަރުވެރިއެކެވެ. ދޮގުވެރިކަމާއި މަކަރުވެރިކަމާއި ޔަހޫދީކަމުގެ އަހުލުވެރިއެކެވެ.
ވައުދުވެ، ވައުދު އުވާލުމަށް ކެރޭ މުޖުރިމެކެވެ. މިފަދަ ޖަރީމާތައް ހިންގުމުގައި
ސާބިތުކަމާއި އިތުބާރާއިއެކު ކަންކުރަން ނުކުންނަ، އަދި ފިސާރި ދީނީ ކަމަށް
ހެދިގެން އުޅޭ ބަހުލޫލެކެވެ. އެހެންމީހުން ދީންވެރިވުމަށް ގޮވާލުމަށް ފަހު، ތިމާ
ހިތުހުރިގޮތަކަށް އުޅޭ މުނާފިޤެކެވެ.
ދިވެހި ތާރީޚުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައީސް
ނަޝީދު ތެދުބަހުން ވާހަކަ ދެއްކެވި މަންޒަރާއި ރައީސް މައުމޫންގެ ދެފުށް
ދެގޮތްކަމެވެ. ރައީސް ނަޝީދުގެ ސާބިތުކަމާއި ރައީސް މައުމޫނުގެ
ފޮރުވުންތެރިކަމެވެ. އެހެންކަމުން، ދެ ފަރާތައްވެސް ދިވެހިން ދިޔައީ ތަރުހީބު
ދެމުންނެވެ. އެހެންނަމަވެސް، ރައީސް ނަޝީދުގެ ސާދާ ކަމަށްވުރެ ގިނަބަޔަކަށް
ކަމުދަނީ ރައީސް މައުމޫނު ދީން ހަތިޔާރަކަށް ހައްދަވައިގެން އެ ކުޅުއްވި
ކުޅިވަރެވެ. 'ދީނާއި ޤައުމަށްޓަކައި' މިދިޔަ އަހަރުގެ މި ދުވަހު އާންމުންގެ
ތެރެއިން ބައެއް މީހުންނާއި ބައެއް ފުލުހުންނާއި ސިފައިން ސިޔާސީ ބައެއް
ފަރާތްތަކާއި ބައިއަތުހިފައިގެން ނުކުމެ، ޤައުމީ ދިފާޢީ މަރުކަޒަށް ހަމަލާދީ،
ރައްޔިތުންގެ އިންތިޙާބީ ވެރިކަން ނިމުމަކަށް ގެނައުމަކީ ރައީސް ނަޝީދު ދީން
ހަތިޔާރަކަށް ނުހެއްދެވުމުގެ ހިތި ނަތީޖާއެވެ. އެހެންކަމުން، ދިވެހި ތާރީޚުން
ފެންނަން އޮތީ، ދިވެހިންގެ ރައީސް ވާންވާނީ ގަދަފަދަ ސިންގާއެއްގެ ބޮލަކާއި މަކަރުވެރި
ހިޔަލެއްގެ ސިކުނޑީގެ ވެރިފަރާތަކަށް ކަމެވެ.

No comments:
Post a Comment